ބްރިޖްއިން މާލެ ފައިބާ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ބްރިޖްއިން މާލެއަށް ފައިބާ ސަރަހައްދުގައި 2 ސައިކަލު ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ މިއަދު ހެނދުނު 10:21 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި 2 މީހުންނަށް އަނިޔާވެގެން ފަރުވާދިނުމަށް އަޖީއެމްއެޗްއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ 2 ސައިކަލު ވެސް ދުއްވާފައި ވަނީ "އީ" ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ 2 މީހުން ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.