މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް އިންތިހާބުކޮށްފިއެވެ.

މާލެސިޓީ ކައުންސިލްގެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް އަރީޝް އައްޔަންކުރެއްވީ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ޑެޕިއުޓީ މޭޔަރުކަމުންނާއި ކައުންސިލް މެމްބަރުކަމުން މިދިޔަ ހަފްތާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަރީޝް މި މަގާމަށް އިންތިހާބުކޮށްފައި ވަނީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 188 ވަނަ ރަސްމީ އާންމު ޖަލްސާގައި ނެގި ވޯޓުންނެވެ.

އެ މަގާމަށް އަރީޝް ފިޔަވާ އިތުރު މެންބަރަކު ކުރިމަތިލާފައި ނުވުމާއެކު ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އަދި އަރީޝް މި މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެންބަރުންގެ ފުރިހަމަ ތާއިދާއެކުއެވެ.

މާފަންނު ހުޅުނގު އުތުރު ދާއިރާގެ ތަމްސީލު ކުރައްވާ އަރީޝް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގަައި ނަމަވެސް އޭނާ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި ގުޅިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުއެވެ.