ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވާނެ މުވައްޒަފުން ހޮވައިފިއެވެ.

ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދެ ފިރިހެން މުވައްޒަފަކާއި އަންހެން މުވައްޒަފަކު ހޮވާފައިވާއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ވެސް ދެ ފިރިހެން މުވައްޒަފަކާއި އަންހެން މުވައްޒަފަކު ހޮވާފައި ވެއެވެ.

އެ ކުންފުނިން ބުނީ، މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، 102 މުވައްޒަފުން ކުރިމަތިލީ ނަމަވެސް ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެއްގެ ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި ނަމަވެސް ޝަރުތު ހަމަވަނީ 215 މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

  • އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
  • ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
  • އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
ސްޓެލްކޯއިން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފޮނުވާނެ މުވައްޒަފުން ހޮވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

  • ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
  • އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
  • ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ސްޓެލްކޯއަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ކަމަށްވާއިރު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.

މީގެ އިތުރުންވެސް ސްޓެލްކޯއިން ބުނީ، މި ފުރުސަތު ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ މުވައްޒަފުންގެ މެދުގައި ވަޒީފާގެ ހިތްހަމަޖެހުން އިތުރުކޮށް، ދީނީ އަޅުކަންތައް އަދާކުރުމަށް ބާރުއެޅުމުގެ މަގްސަދުގައެވެ. އަދި ހަމައެހެންމެ މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ހޮވުނު މުވައްޒަފުންނަށް ކުރިއަށް އޮތް ހަފްތާތަކުގައި ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ސްޓެލްކޯއިން ވަނީ ރާވާފައެވެ.