މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްއުފާދެއްވައިފިއެވެ.

އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ.

ސީއެސްސީގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް އިބްރާހިމް ރަޝީދު އައްޔަންކޮށްފައި ވަނީ ސެޕްޓެމްބަރު 3، 2020ގައެވެ.

އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސީއެސްސީއިން ވަނީ އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.