އުރީދޫ މޯލްޑިވްސް އިން ކުޑަ އަންހެން ކުއްޖެއްގެ ލޮލުން ރޯދަ މަހުގެ ތަފާތު ތަޖުރިބާތައް ހިއްސާކުރުމަށް "ރޯދައިގެ ނޫރުގެ" ނަމުގައި ހާއްސަ ކެމްޕެއިނެއް ވަނީ ފަށާފައެވެ.

އުރީދޫ އިން ބުނީ އުރީދޫގެ އިސްތިހާރު ތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ މި ކެމްޕެއިނަކީ އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރޯދަ މަހުގެ ރިވެތި އަހުލާގުތަކުން ދަސްކޮށްދިނުމުގެ ނިޔަތުގައި ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

އެގޮތުން "ރޯދައިގެ ނޫރު" ކެމްޕޭނުގައި ދައްކުވައިދެނީ "ނޫރު" ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ. މި ކެމްޕޭނުގައި ނޫރު އޭނާގެ ފުރަތަމަ ފުރިހަމަ ރޯދަމަސް ތަޖުރިބާކުރާ ގޮތް ފެނިގެން ދެއެވެ. ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން އިސްލާމީ އިބުރަތްތެރި ފިލާވަޅުތައް ނޫރު އަށް ދަސްވެގެން ދެއެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ މަގްސަދަކީ މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހެއްޓުމާއި އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިން ކަމަށެވެ. އަދި އާއިލާއާއި ލޯބިވާ މީހުންނާއެކު މާނަހުރި އުފާވެރި ވަގުތުތަކެއް މި ރޯދަމަހު އުފެއްދުމަށް އެހީއަކަށް ވެގެން ދިއުން ކަމަށެވެ.

މުޖުތަމައުތައް ގުޅާލައި މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމްޕެއިނުތަކެއް ގެނެސްދިނުމަކީ އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާ ގޮތް ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.