2025-2026 ވަނަ އަހަރު ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިަމތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް އިންތިހާބު ކުރާނީ އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރާއި، ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ކަމަށެވެ. އެސްޓީއޯ އިން ވަނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި މި ދާއިރާތަކަށް ގިނަ އަންހެނުން ކުރިމަތި ލުމަށް އެދިފައެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ވާން ޖެހޭ ޝަރުތުތައް އެސްޓީއޯއިން ޝާއިއުކޮށްފައިވާއިރު، އެ ކުންފުނިން ބުނީ މި މަގާމަށް ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން 21 މާޗު ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދިފައެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެއް ކަމަށެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ އެސްޓީއޯ އިން ކަނޑައަޅާ ތާރީހެއްގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެކެންޏެވެ.