ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް މީގެ ކުރިންވެސް އިއުލާންކޮށްފައިވާ މީހަކު، މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (30އ) އެވެ.
ފުލުހުން ބުނީ ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަންސް ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް އުބާދަތު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ގެ ދަށުން މިމަހުގެ 27 ވަނަ ދުވަހުގެ 14:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް އަންގާކަމަށެވެ.
މީގެ ކުރިން 3 ފަހަރެއްގެ މަތިން ފުލުހުން ވަނީ އުބާދަތު ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. އެގޮތުން ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން އެންމެ ފަހުން އޭނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮބްޓޯބަރު މަސް ތެރޭގައެވެ.