މި ފެށޭ ރަމަޟާން މަހަށް މާލެ ސާފުކުރުމުގެ ނަމުގައި ކުރިޔަށް ގެންދާ 'ރޯދަ ސާފު' ހަރަކާތުގައި އެމްއޭސީއެލުން ބައިވެރިވެއްޖެއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ދިވެހިބަހުގެ މިނިސްޓްރީ ގުޅިގެން ހިންގާ މި ހަރަކާތުގައި އެމްއޭސީއެލްގެ 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހަރަކާތުގައި އެމްއޭސީއެލުން ސާފުކުރާނީ ވެލާނާ އެއާޕޯޓުގެ އެކި ސަރަހައްދުތައް ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލުން ބުނީ މިއީ ވެލާނާ އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންނަށާއި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި އެއާޕޯޓު ބޭއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި ހަރަކާތުގައި އެމްއޭސީއެލްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.