މާލޭގައި ހިނގަމުންދާ މާރާމާރީތަކުގައި ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތު ކުރެވޭ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ.ފުވައްމުލައް، ދަގުވާޑު، ބަނަފްސާގެ ހުސައިން އަރީޝް (31އ) އެވެ.

ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ.

ފުލުހުން ބުނީ މެލޭޝިއާ އަށް ފުރައިގެން ދިއުމުން، މެލޭޝިއާއަށް އޭނާ ވަނުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެހެން ފްލައިޓެއްގައި އޭނާ ރާއްޖެ ގެނައުމަށް ފަހު މިހާރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.