ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ސްޓެލްކޯ ޓަވަރެއްގެ ބިއްދޮށުގައި ވެއްޓިފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ ޒުވާނާ ވެއްޓިފައި އޮތީ ސްޓެލްކޯގެ ސީ ޓަވަރުގެ ބިއްދޮށުގައި ކަމަށެވެ. މިވަގުތު ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ދާދި ދެންމެ އަކު ދިން މައުލޫމާތަށް ބަލާއިރު، އެ ޒުވާނާ ފެނުނު އިރު ވެސް އޮތީ މަރުވެފައެވެ. މަރުވެފައި އޮއްވާ ފެނުނީ، އުމުރުން 31 އަހަރުގެ އިބްރާހިމް ޝަރަފް، ހ. ގިނިރާހި އާގެއެވެ.

އަދި އެމީހާ ވެއްޓިފައި ވަނީ 9 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެއެވެ.