މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނާއި ކުޑަ ކުއްޖެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މއ. ރިހިވިލާ، މާލެ، އަހްމަދު މާނިއު (23އ) އާއި ފުނޑުނުވާގެ، ގދ.ގައްދޫ، އަހްމަދު އަޔާން (18އ) އަދި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު މާނިއު އާއި އަހްމަދު އަޔާން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް ފަސް ދުވަސް ޖަހައިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުގައި މާރާމާރީ ހިންގާ ނިސްބަތް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.