މާލެ ސިޓީ، އިންޑަސްޓްރިއަލް ޒޯނުގައި އޮތް ކުޑަ ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:08 ހާއިރުއެވެ.
އަދި އެމްއެންޑީއެފްގެ މާލެ ފަޔާ އެންޑް ރެސްކިޔު ޓީމް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވިފައިވަނީ 17:20 ހާއިރު ކަމަށް އެމްއެންީޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފް އިން އާންމުކުރި ފޮޓޯއިން ފެންނަ ފެނުމަށް ވޭން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
