މިއަދު ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި މާރާމާރީ ހިނގައިގެން އުޅޭ ކަމުގެ މައްސަލަ މިއަދު 12:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީ ހިނގާފައިވަނީ ކެފޭއެއްގައި ކައްކާ ނޭޕާލު މީހަކާއި އެތަނުގެ ހޭލްޕަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝް މީހަކާ ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ މި ދެމީހުން ވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނަކަމށްވެެ.

ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ މީގެ ތެރެއިން ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސްކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.