ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއް އަދާކުރަމުން ދިޔަ މީހަކު، ބައިސިކަލުގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހާ މާރީމާރީ ހިންގި މައްސަލަ އެއް މި މަހުގެ 2 ވަނަ ދުވަހު ހުށަހަޅާފައި ވާކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ސިކްސް ސެންސް ލ. ރިސޯޓުގައެވެ. އަދި ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ހުރެ ކަމަށާއި ހަމަލާދީފައި ވަނީ އެ ރިސޯޓުގެ ރީޖަނަލް ޖެނެރަލް މެނޭޖަރަށް ކަމަށް ސޯޝަލްމީޑިއާގެ ބައެއް އެކައުންޓުގްތަކުގައި ވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް މި ކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ކަމާ ގުޅޭ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.