މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގައި ތުހުމތު ކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާން ކަމަށެވެ.
އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އެކި ފަރާތްތަކާ މުއާމަލާތްކޮށްފައިވަނީ "ކެލާ އަހައްމަދު" ގެ ނަމުންކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭނާ އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވާނަމަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް އިތުރުވެފައެވެ. އަދި ދާދިފަހުން ވަނީ ސްކޭމް ކުރުމަށް ސްކޭމަރުން ގެންގުޅޭ އުކުޅުވެސް ބަދަލުކޮށްފައެވެ.
އެގޮތުން އެގޮތުން މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑަކަށްވާއިރު އަނެއްބަޔަކު ދެކޭގޮތުގައި މި ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.