އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އުކުޅަހަށް އައިސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވި މައްސަލައެއް މިއަދު 17:20 ހާއިރު ރިޕޯޓް ކޮށްފައި ވާކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުޒުބަކިސްތާނުގެ އުމުރުން 75 އަހަރުގެ ފިރިހަނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު މި ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ކަނޑުމަތީގެ ހާދިސާތަކުގައި މަރުވާ ނިސްބަތް އިތުރުވަމުން އަންނައިރު، މިފަދަ ހާދިސާތައް މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ ކަމުގެ ކަންބޮޑުވުންތައްވެސް ގިނައެވެ.