އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން އައްޔަންކޮށްފިއެވެ.

އެސްޓީއޯ އިން އާޝާން އެފްއެސްއެމް އާއި ގުޅުނުކަން އިއުލާންކޮށް ކުރި ޕޯސްޓެއްގައި ބުނީ މިއީ އެފްއެސްއެމްގެ ތާރިހުގައިވެސް އަންހެން އެމްޑީއަކު އެ ކުންފުންޏަށް އައްޔަންކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައެެވެ.

އާޝާން ވަނީ މީގެ ކުރިން އެސްޓީއޯގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައެވެ. އެ ގޮތުން އާޝާން އެސްޓީއޯގައި މަސައްކަތް ކުރައްވަން ފެށްޓެވީ 1994 ވަނަ އަހަރުއެވެ.

ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ ހެޑުގެ އިތުރުން ރީޖަނަލް ސޭލްސް ޑިޕާޓްމެންޓުގެ ހެޑުކަމާއި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އެސްޓިއޯ ހިންގުން ހަރުދަނާކުރުމަށް ތަނުގެ އެންމެ އިސް މެނޭޖުމަންޓުން ގެނެސްފައިވާ ބަދަލުގެ ތެރެއިން 2019 ވަނަ އަހަރު އާޝާންވަނީ މިފްކޯއަށް ބަދަލުކޮށްފައެވެ.