ޒަރޫރީ ސަބަބަކަށް ނޫނީ ރާއްޖެ ދަތުރުނުކުރުމަށް އަންގައި، އިޒްރޭލުން ރާއްޖެ އަށް ނެރެފައިވާ އެލާޓް މަތިކޮށްފިއެވެ.
އިޒްރޭލުން ރާއްޖެ އަށް ނެރެފައިވާ އެލާޓް ލެވެލް 2 އިން 3 އަށް މަތިކުރީ މިއަދެވެ.
ދެވަނަ ލެވެލްގައި ބުނަނީ ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. އެކަމަކު ތިންވަނަ ލެވެލްގައި ބުނަނީ ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ނުކުރުމަށެވެ.
އިޒްރޭލުން ނެރުނު އެލާޓްގައި ބުނީ، ރާއްޖޭގެ ލެވެލް މަތިކުރީ ރާއްޖޭގައި 'ޓެރަރިސްޓުންނަށް' ތާއީދުކުރާ މީހުން ތިބުމުން ކަމަށާއި، ދިވެހީންގެ ފަރާތުން އިޒްރޭލުގެ ރައްޔިތުންނަށް ބޮޑު ކަމަށެވެ.
ރާއްޖޭގެ އިތުރުން އިޒްރޭލުން ވަނީ އާމީނިއާގެ އެލާޓް ވެސް ލެވެލް 2 އިން 3 އަށް މަތިކޮށްފައެވެ. ރާއްޖެ އާއި އާމީނިއާގެ އެލާޓް ލެވެލް މަތިކުރިއިރު، އިޒްރޭލުން ވަނީ ބްރެޒިލްގެ އެލާޓް ލެވެލް 2 އިން 1 އަށް ތިރިކުރަން ނިންމައިފައެވެ.
އިޒްރޭލުން ރާއްޖެ އަށް ނެރެފައިވާ އެލާޓް މަތިކުރީ ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި މީހުން އެތެރެވުން މަނާކުރުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިހާރު އެ މަސައްކަތް އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.