ސިއްހީ ހާލަތެއް ދިމާވެ، ހުރަވީ ސްކޫލުގެ ދަރިވަރަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދެވެރިވެގެން ހުޅުމާލެ ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކުއްޖާ ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.