ހުޅުމާލެ ފޭސް 1 އަދި 2 ގުޅޭ ބްރިޖް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓު ވެގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު ކޮށްފައި ވާކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ. އެގޮތުން އެމީހާގެ ގައިގެ ބައެއް ތަންތަނުން ހަން މެށިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.

ފަހަކަށަ އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެ ގޮތުން ފާއިތުވި 10 ދުވަސްތެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގައި ދެ މީހަކު ވަނީ މަރުވެފައެވެ.