ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ރ. މާކުރަތު، އިމޭޖު، މުހައްމަދު ދާއޫދުގެ މައްޗަށެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، މައްސަލައިގެ ރިޕޯޓު އާންމުކޮށްފައި ނުވާއިރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާ ސާބިތުވާކަށް ހުކުމް ކޮށްފައެވެ.

މީގެ އިތުރުން ދައުލަތުން ވަނީ އޭނާ އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާ ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ، އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ވެސް އުފުލާފައެވެ. އެހެންނަމަވެސް ދާއޫދުގެ މައްޗަށް ކުޅަ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ.