ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު (ޔޫސޭ) މަގާމުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެންނަމަވެސް މަގާމުން ވަކިކުރި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޔޫސުފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ގަމު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިސް ބޭފުޅެއް ކަމަށްވާ ޔޫސުފް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ކުރިން ރައީސް މުއިއްޒުވަނީ ހަވާލުކުރާ ޒިންމާތައް އަދާނުކުރެވޭ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.