މާލޭގެ ރާޅުގަނޑު ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ދާދި ދެންމެއަކު ހިނގި މި ހާދިސާއާ ގުޅިގެން މިހާރު އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓް ގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބަނޑުން ޖަހާލާފައިވާ ޑިންގީ ސިނަމާލެ ބްރިޖާ ގާތް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާޑުންގެ އިތުރުން ފުލުހުން ވެސް އަންނަނީ ހަރަކާތެރިވަމުންނެވެ.

ސޯޝަލް މީޑިއާގައި މި ޑީންގީ ބަނޑުން ޖަހާލާފައިވާ ވީޑިއޯ ވައިރަލް ވަމުން އަންނަ އިރު އެ ފަރާތުން ބުނެފައި ވަނީ އޭގައި ގާތްގަނަޑަކަށް 5 ވަރަކަށް މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް އަދި މި މައުލޫމާތު އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދަކީ ވަރަށް އޮއެވަރު ގަދަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ޑިންގީތަކުގައި މަސްވެރިކަން ކުރުމަށް ބައެއް އާންމުން ގޮސް އުޅޭ ކަން ފާހަގަ ކުރެވެއެވެ.