މިއަދު މާފިލާފުށިން މާލެ ދަތުރުކުރަނިކޮށް ފަޅައިގެން ގޮސްފައިވަނީ ނޭޝަނަލް ސާވިސް ޓްރެއިނިންގެ ކުދިން ތިބި ލޯންޗެއްކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް 2 ގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައިކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

ފުލުހުން ބުނީ މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.