ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އަންގައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ނަމުގައި ސްކޭމް ކޯލުތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ކޯލުތަކުގައި ދޮގު މައުލޫމާތު ދީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާކަން ވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.
އެއްވެސް ކަސްޓަމަރެއްގެ ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް ސްޓެލްކޯއިން ނުގުޅާނެ ކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ. އަދި އެފަދަ ކޯލެއް ލިބުނު ނަމަވެސް މައުލޫމާތު ހިއްސާ ނުކުރުމަށް ފަހުމީ އިލްތިމާސްކުރެއްވެވިއެވެ.
ސްޓެލްކޯއާ ކުރާ މުއާމަލާތްތަކުގެ ސައްހަކަން ޔަގީން ކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ހިފުމަށް ފަހުމީ ވަނީ އެދިވަޑައިގެންފައެވެ.