ދައުލަތުގެ މީޑީއާ ޕަބްލިކް ސާވިޒް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ގ. ދިލްކަޝް، މުހައްމަދު ސައީދު އައްޔަން ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނުގައި ބުނީ މުހައްމަދު ސައީދު އައްޔަނުކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކަމަށެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕްރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގަނޫނުގެ ދަށުން މުހައްމަދު ސައީދު އެ މަގާމަށް އިއްޔަން ކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިއްެޔެ އިސްތުއުފާ ދެއްވުމާއި ގުޅިގެންނެވެ. ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ކީއްވެކަން ސާފުކޮށްދީފައެއް ނުވެއެވެ.

މުހައްމަދު ސައީދުވަނީ 1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީކަމާ، ޑިރެކްޓަރު ޖެނެރަލްގެ މަގާމައި، ސަރުކާރުގެ މުހިންމު އެކިއެކި ކޮމިޓީތަކާ އަދި އާސަންދަ ކުންފުނީގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައިވެއެވެ.