ކަސްޓަމްސް ކައިރީ ހުރި އިމާރާތުން ވެއްޓުނު މީހާ ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ކުޑައިރުކޮލެއްގެ ކުރިން ބުނީ ކަސްޓަމްސް ކައިރީގައި ހުރި އިމާރާތަކުން މީހަކު ވެއްޓިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އާންމުވެފައި ވާ ވީޑިއޯއަކުން ފެންނަ ގޮތުން ވެއްޓުނު މީހާ ޕިކަޕަކަށް ލައިގެން އާންމުންގެ ބަޔަކު ވަނީ އޭނާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައެވެ.

އޭގެ އިރުކޮޅެއްގެ ފަހުން ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައި ވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ހުންނަނީ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގެއިންނެވެ. އޭނާ ފުންމާލީކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެކަން އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައި ނުވެއެވެ.

އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ މީހެއް ކަމެއް އަދި އެނގިފައި ނުވާއިރު އެމީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

މިހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އިތުރު ތަފްސީލެއް ހިއްސާ ކޮށްފައި ނުވެއެވެ.