އިދިކޮޅު ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު މެންދުރުފަހު 2:30ގައި ވޯޓުލުން ފަށާފައި ވާއިރު، ވޯޓުލުން ކުރިއަށް ދާނީ މިރޭ 9:00 އާ ހަމައަށް ކަމަށް އެމްޑީޕީއިން ބުނެއެވެ.

ވޯޓުލުން ފެށިގެން ކުރިއަށްދާ އިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒް އިސްލާއީލް ވެސް ވަނީ ވޯޓުލައްވާފައެވެ.

އެމްޑީޕީގެ މި އިންތިހާބަކީ ހުސްވެފައިވާ އެ ޕާޓީގެ ދާއިރާތަކަށް މެންބަރުން އައްޔަން ކުރުމަށް ބޭއްވޭ އިންތިހާބެކެވެ.

މި އިންތިހާބުގެ ވޯޓުލާ ފޮށިތައް މާލޭގައި ބަހައްޓާފައި ވަނީ ތާޖުއްދީން ސްކޫލް އަދި ހިިރިޔާ ސްކޫލްގައެވެ. އަދި ރަށްރަށުގައި ވޯޓި ފޮށިތައް ބަހައްޓާފައި ވަނީ ވެސް އެ ރަށްރަށުގެ ސްކޫލުގައެވެ.

އެމްޑީޕީއަކީ އެމްޑީޕީއަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ޕާޓީ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ޕާޓީ ހިންގުމުގައި މެމްބަރުންގެ ސީދާ ބަސް ބުނެވޭނެ ކަމަށާއި މއިީ މެމްބަރުންނަށް ގޮތް ނިންމޭ ހަމައެކަނި ޕާޓީ ކަމަށެވެ. އަދި ޝާހިދު ވަނީ ޕާޓީގެ އެންމެން ނުކުމެ ވޯޓުލުމަށް އެދިވަޑައިގެންފައެވެ.