އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމަންޓް ތައާރަފް ކޮށްފިއެވެ.
ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ހަފްލާގައި މި އާ އިކުއިޕްމަންޓްސް ލޯންޗް ކޮށްދެއްވެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އެވެ.
އެސްޓީއޯއިން ބުނީ އަލަށް ތައާރަފު ކުރެވިފައިވާ މި އިކުއިޕްމަންޓް ތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލު ތަކާއި ހެލްތް ސެންޓަރު ތަކުން ފެށިގެން ކްލިނިކް ތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށެވެ.
އަލަށް ތައާރަފް ކުރެވުނު އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައި ވެފައިވާ ޓެސްޓުތަކެއްކަން އެސްޓީއޯއިން ފާހަގަ ކުރެއެވެ. ހެލްތު މިނިސްޓްރީ، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ބައިވެރިވި މި ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލައި އަދި ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ.
އަލަށް ތައާރަފް ކުރެވުނު ލެބް އިކުއިޕްމަންޓްތައް:
- ޕްރޮޑަކްޓްގެ ނަން: އެފް-200 އަދި އެފް-2400
- ޕްރޮޑަކްޓްގެ ނަން: އެމް 10
އެފް-200 އަދި އެފް-2400އިން ހެދޭ ޓެސްޓުތަކުގެ ތެރޭގައި ތައިރޮއިޑް ޕްރޮފައިލް، ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް، ޑެންގޫ، ގޮހޮރުގެ ބަލިތައް، ވިޓަމިން ޑީ، ބީޓާ އެޗްޗީޖީ އަދި އިންފްލެމޭޝަން މާކާސް ޓެސްޓުތައް ހިމެނެއެވެ. އެމް 10 މެޝިންއިން ހެދޭ ޓެސްޓްތަކުގެ ތެރޭގައި ޑެންގޫ، ޓީބީ، ފުއްޕާމޭގެ ބަލިތައް، އެސްޓީއައި އަދި އެޗްޕީވީ ހިމެނެއެވެ.
އެސްޑީ ބަޔޯސެންސާއަކީ ސައުތް ކޮރެއާ އަށް ނިސްބަތްވާ ކުންފުންޔެކެވެ. މި ކުންފުންޔަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޔެކެވެ. އެގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެކެވެ.