އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަނނަ އޮގަސްޓް މަހުގެ 2 ވާ ހުކުރު ދުވަހު ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން ކުރިމަތިލުމަށްް ހުޅުވާލާފައި ވަނީ ހުސްވެފައިވާ 13 ދާއިރާއެއްގެ ނައިބު ރައީސްގެ މަގާމުގެ އިތުރުން 103 ދާއިރާއެއްގެ ރަށު ނައިބު ރައީސްކަމުގެ މަގާމަށެވެ.

ކުރިމަތިލުމުގެ ޝަރުތުތައް:

  • 1 ޖުލައި 2024 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން
  • ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން

މި މަގާމްތަކަށް ކުރިމަތި ލާން ބޭނުންވާ މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ޕާޓީއިން ވަނީ އެދިފައެވެ.