ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ ސަމޯއާ އެގްރިމަންޓުގައި ރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެއިތުރުން އޯއޭސީޕީއެސް ގެ މެންބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމަކީ އަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ އާއި އޯއޭސީޕީއެސް އިން ޖުމަލް 6 ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެ 6 ދާއިރާއަކީ:

  • ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
  • ޑިވެލޮޕްމަންޓް
  • ޕީސް އެންޑް ސެކިއުރިޓީ
  • އިކޮނޮމިކް ގްރޯތް
  • މައިގްރޭޝަން އެންޑް މޮބިލިޓީ
  • ކްލައިމެޓް ޗޭންޖް

1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް"ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ އޯއޭސީޕީއެސް މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 9 ޑިސެމްބަރު 2022 ގައެވެ.