ހެޔޮ ގޮތުގައި ދަރިން ތަރިބައްޔަތު ކުރުމަށް އެ ކުދިންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ ވިދާޅުވީ ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އެކި އުމުރުގެ ކުދިންނާ ގުޅުން ބަދަހި ކުރަން ޖެހޭނީ އެކި ގޮތަށް ކަމަށާއި، ހާއްސަ ކޮށް ކުޑަ ކުދިންނާ އެކު ގުޅުން ބަދަހި ކުރުމަށް އެކުދިންގެ ލެވެލްގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި ފުރާވަރުގެ ކުދިންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ކުއްޖާއަކީ މައިންބަފައިންނާ އެންމެ ގާތް ރަހުމަތްތެރިއެއް ފަދައިން ގެންގުޅެން ޖެހޭ ކަމަށްވެސް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވުމަކީ މުޖުތަމައުގަ އޮންނަ ނޭދެވޭ ކަންކަމުން ކުދިން ދުރުހެލިވުމަށް ލިބޭ ބާރަކަށް ވާނެ ކަމަށްވެސް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ކުދިން އެންމެ އިތުބާރު ކުރަނީ އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ކަމުގައި ވަނީ ނަމަ އެ ކުދިން މާހައުލުން ފެންނަ ކޮންމެ ކަމަކަށް އިތުބާރުކޮށް އެއަށް ދިއުމުން ދުރުކޮށްދޭ
މެޑަމް ސާޖިދާ

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައިވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުޑަކުދިންނަކީ ފުރިހަމަ ރައްކާތެރިކަން ލިބިގެންވާ ބަޔަކަށް ހެދުމަށް މައިންބަފައިންނާއި ބެލެނިވެރިން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި، ދުނިޔެ އަށް ތުއްތު ކުއްޖަކު އުފަންވުމުން، އެ ކުއްޖާ އަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭން ޖެހޭ ހައްގަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ފުރިހަމަ އަޅާލުމާއި ލޯތްބާ އެކު ދުޅަހެޔޮ ސިއްހަތެއްގައި އެ ކުދިން ބޮޑުކޮށް ރަނގަޅު އަހުލާގުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުމުގެ ހައްގު ކަމަށެވެ.

ހަމަ އެއާއެކު، ގައުމީ ތަރައްގީގެ ވިސްނުމުގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަށް ބެލެނިވެރިންނާއި މައިންބަފައިން މިއަދު ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، އެގޮތުން ކޮންމެ ކުއްޖަކީ ގައުމަށް ބޭނުންތެރި ކުއްޖަކަށް ހެދޭތޯ ބެލުމަށް ދައުލަތާއި މުޖުތަމައާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.