ލ. ދަނބިދޫ އިރުމަތީ ފާރާތު ކޯޒްވޭ ސަރަހައްދުން މޫދުން އޮޔާ ދަނިކޮށް ފެނިގެން ނެގި އަންހެން މީހާ މަރުވެފައިވާ ކަމަށް އެ ރަށުގެ ސިއްހީ މަރުކަޒުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ރަށުން މީހަކު އޮޔާ ދަނިކޮށް ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވިރު 4:55 ހާއިރު ކަމަށެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒާ ހަވާލާ ދީ ފުލުހުން ބުނެއެވެ،

މަރުވެފައި ވަނީ އެ ރަށު ނިޔަނދުރުމާގެ، އުމުރުން 65 އަހަރުގެ އައިމިނަތު އުމަރު ކިޔާ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.