މި ސަރުކާރުން އެއްވެސް ވަރަކަށް ފައިސާ ޗާޕުކޮށްގެން ބޭނުންކޮށްފައި ނުވާނެ ކަމަށާއި އަދި އޯވާޑްޜޯގެ ގޮތުގައި ފައިސާ ނަގައިގެން ބޭނުންކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ، މާލިއްޔާތުގެ ގާނޫނު ސަސްޕެންޑު ކުރުމަށް ފަހު އެކަން ކުރަން ޖާގަ އެއް ލިބިފައި އޮތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރުވެސް ކުރީގެ ސަރުކާރުން ވަނީ ނެގެން އޮތް އެންމެ ބޮޑު އަދަދެއް ނަގާފައި ކަމަށެވެ.އެގޮތުން ގާތް ގަނޑަކަށް 2 ބިލިއަނާއި ހަމައަށް ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޭޝް އިންފްލޯ އާއި އައުޓް ފްލޯއަށް ބެލުމުން ސީދާ 2 ބިލިއަން ހަމަނުވި ނަމަވެސް 2 ބިލިއަނާ ގާތްކުރާ ވަރުގެ އަދަދެއް ނަގާފައިވާ ކަމަށް މިނިސްޓަރު ފާޙަގަ ކުރެއްވިއެވެ. ކުރީ ސަރުކާރުން ނެގީ ހަގީގަތަކީ އެންމެ މައްޗަށް ނެގެން އޮތް މިންގަނޑަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސެކިއުރިޓައިޒް ކުރުމަށްފަހު މި ސަރުކާރުން އިތުރަށް އޯވާޑްރޯ ކޮށްފައި ނުވާނެ ކަމަށާއި ގާނޫނީ ގޮތުން ލިބިދީފައިވާ އެއް ޕަސެންޓު ވެސް ނަގާފައިނުވާނެ ކަމަށް ޝަފީގް ފާހަގަ ކުރެއްވިއެވެ. އެ އެއް ޕަސެންޓް ނެގޭ ގޮތަށް އިން ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ އެ އަދަދު 0 ގައި ބެހެއްޓުމަށް ކަމަށް ޝަފީގް ވިދާޅުވިއެވެ.
ގާނޫނުގައި ހުއްދަކޮށްފައި ވަނީ 1 ޕަސެންޓަށް ފައިސާ ނެގުމަށް ކަމުގައި ވީ ނަމަވެސް އިސްލާހުގައި ވާނީ 2.5 ޕަސެންޓަށް ކަމަށް ޝަފީގް ފާހަގަ ކުރެއްވިއެވެ. އަދި މިއީ އޯވާޑްރޯ ކުރުން ނޫން ކަމަށާއި އެއީ ބޭނުންވެއްޖެ ހާލަތެއްގައި ނެގުމަށް ފަހު 3 މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 1 ޕަސެންޓަށް ފައިސާ ނަގާ ނަމަ ލިބޭނީ 270 މިލިއަން ރުފިޔާ ކަމަށާއި އެއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ. 2.5 ޕަސެންޓަށް ނަގާނަމަ ލިބޭނީ 50 މިލިއަން ޑޮލަރު ނުވަތަ 800 މިލިއަނެއްހާ ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފައިސާ ނެގުމަށް ފަހިވެއްޖެ ނަމަ އެ ބޭނުންކޮށްގެން މަދުން އާޟްދަނީ ލިބޭ މަސްތަކުގައި ވަގުތީ ހައްލެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޟަފީގު މޮޅު، ތިޔަ ހެއްދެވިގޮތެއް ނަމަނަމަ އެހެން މީހަކައް ކިޔައިނުދެއްވާތި.