ގދ ފިރޯރީން ގެއްލިގެން ހޯދަން ރިޕޯޓު ކުރި އުމުރުން 8 އަހަރުގެ ކުއްޖަ ފެނިއްޖެ ކަމަށާއި ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ފެނުނު އިރު ހީކަރުވާ އަދި ވަރުދެރަވެފައި ހުރުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ޕަލްސް ވެސް ރަނގަޅު ކަމަށާއި ހާކު ރަނގަޅު ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން އިއްޔެ ބުނީ އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ރޭ 7 ޖަހާ ހާއިރު ކަމަށެވެ.

އެ ކުއްޖާ އެންމެ ފަހުން ފެނުނީ އެ ދުވަހުގެ ހަވީރު 5 ޖަހާ ހާއިރު ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން ދިޔަކަމަށް ވެސް ބުންޏެވެ.

ރޭ ކުއްޖާ ފެނިޖެން ރިޕޯޓު ކުރި އިރު ކުއްޖާ ފެނުނީ ކޮންތާކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.