ގދ. ފިޔޯރީއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ގދ. ފިޔޯރީއިން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް މިރޭ 7:08 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ހަވީރު 5 ޖަހާއިރު ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ރަށުގެ ފޭސްބުކް ޕޭޖަކުން ކުއްޖާގެ ފޮޓޯ ހިއްސާކޮށް ޖެހި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާގެ އެއްވެސް ހަބަރެއްވޭތޯ ވީހާވެސް ގިނަ ރައްޔިތުން އެހީތެރިވެ ދިނުމަކީ އާއިލާއާއި އަދި ފިޔޯރީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް ހަބަރެއް ލިބިއްޖެ ނަމަ ކުއްޖާ ގެ ބައްޕަ މުހައްމަދު ރަޝީދުގެ ނަންބަރު 7574670 އަށް ގުޅުމަށް ވަނީ އެދިފައެވެ.