ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީ މާރާމާރީ އެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އެރޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު މި މަހަުގެ 16 ވަނަ ދުވަހުވެސް ފުލުހުން ވަނީ މި މައްސަލަ އާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފައެވެ.

މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު ހޮސްޕިޓަލާއި ހަވާލާ ދީ ފުލުހުން ބުޏި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މާލެ އާއި ހުޅުމާލޭގައި އިއްޔެވެސް ވަނީ ދެ މާރާމާރީއެއް ހިންގާފައެވެ.