މާލެގެ ގެއަކުން ވަގަށް ނެގި އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ)އެވެ.

މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށްނަގާފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.

މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވެއެވެ.

އޭނާގެ ބަންދަށް މިއަދު 15 ދުވަސް ޖެހިއިރު، ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.