އަޟްހާ އީދާއި ގުޅިގެން މާލެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް ލައިޓްތައް ހަރުކޮށްފައިވާއިރު، ޖުމްހޫރީ މައިދާނުގައި ބަހައްޓާފައިވާ ލައިޓްތައް ބައްލަވާ ލެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.
ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ސަހަރައްދުގައި ބައްހަޓާފައިވާ ބައެއް ލައިޓްތައް ދިއްލިފައެއް ނުވެއެވެ.
މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އިތުރުވެފައިވާއިރު ދާދި ފަހުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
މިފަދަތަންތާގައި ބަހައްޓާނެ ކެމެރާއެއްވެސް ނުލިބެނީތަ އެމްއެންދީ އެފާއި ޕޮލިސް ހެޑުކުއާޓަރުގެ ކުރިމމަތީ މިފަދަ ކަންކަން ހިނގާއިރު ސަލާމަތީ އެއްވެސް ފަރާތަކަށް ނޭންގުމަކީ ވަރަށް ލަދުވެތިކަމެކެވެ