ފަލަސްތީނަށް އެހީވުމަށް މިނިސްޓްރީއާއި ކައުންސިލްތަކުންވެސް މަސައްކަތް ކުރަމުންދާ ކަަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯންގައި ވާހަކަދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ކިބައިގާ ވަރަށް ބޮޑަށް މިއަދުވެސް އެބައޮތް ކަމަށާއި ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވެފައި އަބަދުވެސް ފަލަސްތީނާއެކުގައި އޮންނަ ގައުމަކަށްވުމުން މިއަދު ފަލަސްތީނުގައި ހިނގަމުންދާ އެ އުދުވާނީ ހަމަލާ ތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނަށް އެ ލިބެމުންދާ ވޭނާއި ކެކުޅުން އެއީ ދިވެހި ރައޔިތުން އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެކަން އެހެން އޮއްވާ ރައީސްގެ ހާއްސަ އެދިވަޑައިގަތުމަކަށް ޕީއެސްއެމްއިން މި ޓެލެތޯން އިންތިޒާމުކުރެވިގެން ދާން ފެށުމާ ގުޅިގެން އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން ވެސް މިކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި ލޯގަލް ގަވަމަންޓް މިނިސްޓްރީގައިވެސް މިކަމާ ގުޅިގެމް ހާއްސަ ފޯރިއެއްގައި ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިގެން ފަންޑް ރައިސްކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން ގުޅާ، އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ކައުންސިލްތަކުން މަސައްކަތް ކުރައްވާ ވާހަކަ ވިދާޅުވާ ކަމަށެވެ. އެކަމާ އުފާކުރައްވާކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެކަމާ ޝުކުރު އަދާކުރައްވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި އިސްލާމީ ވަހުދަތާއި ދީނީ ވަރުގަދަ ގުޅުން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ ފަލަސްތީނާ ކިތަންމެ ދުރުގައި ތިބިކަމުގައި ވިޔަސް ރާއްޖޭގެ ރައްޔިތުން ފަލަސްތީނާ އެކުގައި ވާކަަން ހާމަވެގެންދާ ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް މިއަދުވެެސް އޮތީ އަތޮޅު ތަކުގައި ކަމަށްވާއިރު މިކަން ރަށްރަށުގައި މިގޮތަށް އިންތިޒާމު ކުރެވިގެން ދާ ކަމީ އުފާކުރާ ކަމެއް ކަމަށެވެ.