4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފްއިފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެ ދޯންޏަކީ ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ލޫމް 2" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ކ.ހެލެގެލި ކައިރިން އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 08:52 ގައި ކަމަށެވެ. އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިޗާ ކަމަށެވެ.

މި ހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައި ދޯނިޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.