ފާނަ މަސްވެރިިކަމުގައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.

މަރުވެފައިވަނީ ފ. ފީއަލީ "ޓްވިންސް" ދޯނިން ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު ބިދޭސީ އެކެވެ.

އެކަމާ ގުޅިގެން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަން ކުރަން ފައިބާ އުޅުމުގެ ތެރޭގައި މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުން ޖެހިގެން ކަމަށްވެސް މޫސާ ވަނީ ވިދާޅުވެފައެވެ.

އެ މީހާ މާމިގިލި ހޮސްޕިިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ގައިގާ ލޯންޗުން ޖެހި ގިނަ އަދަދަކަށް ލޭ ފައިބާފައި ވާކަން ފާހަގަ ކުރެވެއެވެ.