މިރޭ، ހުޅުމާލެ ފޭސް 1 ގައި ހަވާ އުރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗް ކުލަބު އެންޑް ރެސްޓޯރެންޓް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހަވާ އަރުވަން ހަމަޖެހިފައި ވަނީ މިރޭ 8 ޖަހާއިރު 3 މިނެޓަށް ކަމަށެވެ. އަދި މި ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހަވާ އެރުވުމުގެ އިވެންޓެއް ކުރިއަށް ގެންދަނީ ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިންނެވެ. ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ.

އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވެއެވެ.