ޔަހޫދީ އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލަން ހިންގާ ގަތުލުއާންމާ ގުޅިގެން ރަފާގެ ހަމަލާތައް ހުއްޓުވައި ދިނުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގައި ހުކުމް ކުރަމުން ރަފާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލުގެ މައްޗަށް ކޯޓުން އަމުރު ކޮށްފިއެވެ.
ދެކުނު އެފްރިކާއިން ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ހުކުމްގައި މައިގަނޑު 3 ކަމެއް ފާހަގަ ކޮށްފައި ވެއެވެ.
1. ރަފާ އަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުން
2. އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ވަދެވޭނެހެން މިސްރާއި ރަފާ ގުޅޭ ދޮރާށި ހުޅުވުން
3. ހަމާށްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން ދޫކޮށްލުން
މި އަމުރާ ގުޅިގެން ދެކުނު އެފްރިކާ އާއި ހަމާސް އިން މަރުހަބާ ކިޔާފައި ވާއިރު ހަމާސް އިން ބުނީ, ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް އަމުރެއް ނެރުމަކީ ބަލައިގަންނަ ކަމެއް ނަމަވެސް ހަމައެކަނި އަމުރެއް ނެރުމަކުން ނުފުދޭނެ ކަމަށެވެ. އެއާއެކު އދ ގެ ސެކިއުރިޓީ ކައުންސިލުން އިޒްރޭލު ހުއްޓުވަން ޖެހޭ ކަމަށް ބުންޏެވެ.
"އަހަރެމެން ގޮވާލަން ކޯޓުން އެދިފައިވާ ގޮތަށް މިނިވަން މުއްސަގިއްލު ޓީމަކުން އައިސް [ގާޒާއަށް] އިޒްރޭލުގެ ގަތުލުއާންމު ތަހުގީގު ކުރަން, ހަމަ އެއާއެކު އަހަރެމެން ގޮވާލަން ޖިނާއީ ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ސަލާމަތީ މަޖިލީހުން ފިޔަވަޅުތައް އަޅަން"
ޖިނާއީ ކޯޓުން މި އަމުރު ނެރުނު ނަމަވެސް އެއަށް އަމަލު ނުކުރާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. އަދި ރަފާ ހިމެނޭހެން ގާޒާގައި ހިންގާ އުދުވާނު ދާނީ ކުރިއަށް ކަމަށާއި އެމީހުން [އިޒްރޭލު ހުއްޓުވޭނެ ކޯޓެއް] ދުނިޔޭގައި ނޯންނާނެ ކަމަށް ބުނެފައި ވެއެވެ.
އައިސީޖޭގެ އަމުރާ ގުޅިގެން އެ އަމުރަށް އިހުތިރާމު ކުރުމަށް އެމެރިކާގެ އިސްލާމިކް ރިލޭޝަންސް ކައުންސިލް (ކައިރް) އިން އެގައުމުގެ ރައީސް ޖޯ ބައިޑަންއަށް ވެސް މިއަދު ވަނީ ގޮވާލާފައެވެ. އެ ޖަމާއަތުން ބުނީ, އިޒްރޭލުން ހިންގާ ގަތުލުއާންމަށް ހިތްވަރުދޭ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށެވެ.
އައިސީޖޭގެ ނިންމުމާ އެކު ނަތަންޔާހޫ ވަނީ އޭނާގެ ގާނޫނީ ޓީމުގެ ކުއްލި މީޓިން އަކަށް ގޮވާލާފައެވެ. އަދި މިވަގުތު އެމެރިކާ އާއެކު މަޝްވަރާ ކުރަމުން ދާ ކަމަށް ވެސް ބައިނަލްއަގުވާމީ ހަބަރުތައް ބުނެއެވެ.
ޖިނާއީ ކޯޓުން މިފަދަ އަމުރެއް ނެރުނު ނަމަވެސް އެކޯޓަކީ ތަންފީޒީ އެއްވެސް ބާރެއް އޮތް ކޯޓަކަށް ނުވާތީ, އިޒްރޭލުން އެ އަމުރަށް ތަބާ ނުވި ނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތެވެ. ނަމަވެސް އައިސީޖޭ އަކީ އދ ގެ އޮނިގަނޑުގައި ހިމެނޭ ގާނޫނީ އެންމެ މަތީ ގުނަންކަމުން އެ ކޯޓުގެ ނިންމުން ބަދަލުކުރެވޭނެ އެހެން ފަރާތެއް ނޯވެއެވެ.
ހަމާސް ޖަމާއަތުގަ ރަހީނު ކޮށްފަ ތިބި އިޒުރޭލު މީހުން ތޯ ދޫކޮށްލަންވީ އިޒުރޭލުން ރަހީނު ކޮށްފަ ތިބި ފަލަސްތީނު މީހުން ދޫނުކޮށް