މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ނުވަތަ އާއްމު ނަމުން ނަމަ "ޗައިނާ ވައިޓް'' ބޭނުން ކުރަމުންދާ ފަރާތްތަކަށް ސީރިއަސް ސިއްހީ މައްސަލަތައް ދިމާވާއިރު ނުރައްކާތެރި އިންފެކްޝަން ހުރެގެން އެޑްމިޓޤ ކުރާ ބައެއް މީހުން ޗައިނާ ވައިޓް ބޭނުން ކުރާ ކަމަށް ބުނެފައި ވާ ކަމުގައި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެވެ.
ހޯމްލޭންޑް މިނިސްޓްރީން މިރޭ ވަނީ ރާއްޖޭގައި "ޗައިނާ ވައިޓް" ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށްބުނެ އާންމުން އެކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ، ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ވެސް މި ބާވަތުގެ މަސްތުވާތަކެތި ދައުރުވަމުންދާ އަދަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި ޑރ. މުހައްމަދު އަލީ އެކްސްގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސީރިއަސް އިންފެކްޝަންއާއެކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަމުންދާ ބައެއް ބަލި މީހުންވެސް ޗައިނާ ވައިޓް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނަމުންދާ ކަމަށެވެ. އަދި އެނޫން އެހެން ބައެއް ތަކެތިވެސް ބޭނުން ކުރާކަމަށް އެމީހުންނާ ހަވާލާ ދެއްވައި އޭނާ ވިދާޅުވިއެވެ.
މި ނުރައްކާތެރި ވަބާގައި ޖީލެއް ހަލާކުވެ ނުދަނީސް ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ، ޑްރަގްސް ބޭނުން ކުރުން މަނާ ކުރާ ފަދައިން ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް ރާއްޖޭގައި މަނާ ކުރަން ޖެހޭ ކަމަށެވެ. ނޫން ނަމަ ރާއްޖޭގެ މަސައްކަތު އާބާދީ ހަލާކުވެ ނެތިހިނގައިދާނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވިއެވެ.
މި މައުޟޫގައި ވާހަކަ ދައްކަވާފައި އެހެން ބައެއް ޑޮކްޓަރުންވެސް ވިދާޅުވެފައި ވަނީ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އާންމު ވަމުންދާ ޗައިނާ ވައިޓަކީ ނުރައްކާ ބޮޑު މަސްތުވާ އެއްޗެއް ކަމަށެވެ.
ފެންޓަނީލް އަކީ ނުރައްކާތެރި ޑްރަގެއް ކަމަށްވާ ހެރޮއިންގެ ބަދަލުގައި ބޭނުންކުރާ މަސްތުވާ ބާވަތެކެވެ. ހެރޮއިން އަށް ވުރެ 20-40 ގުނަ އަދި މޯފިން އަށް ވުރެ 100 ގުނަ ޗައިނާ ވައިޓް ޑްރަގްގެ ބާރުގަދަ އެވެ.
މިނިސްޓްރީން މިރޭ ނެރުނު ކުރު އިއުލާނުގައި ބުނެފައި ވަނީ ނެޝަނަލް ޑްރަގް އޭޖެންސީ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ކަމާބެހޭ އިދާރާތަކުން އަވަސްފިޔަވަޅުތައް މިކަމަށް އަޅުއްވާ ޖީލެއްނެތި ދިއުމުގެ ބިރު
އެއެތެރެކުރީޗައިނާޓޫރިސްޓުުންތަ