ވިއްސާރާގައި މާފަންނު ސްޓޭޑިއަމްގެ ފެންސަށް ގެއްލުންވެ އަމީނީ މަގުގެ ބައެއް ބަންދުކޮށްފިއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ސްޓޭޑިއަމްގައި ހަރުކޮށްފައިހުރި ފެންސުތަކަށް ގެއްލުންތަކެއް ލިބިފައިވާތީ ރައްކާތެރިކަމުގެ ގޮތުން އަމީނީމަގުގެ ދެކުނުފަޅިން ހިލާލީ މަގުން ފެށިގެން މާފަތްތަކުރުފާނު މަގާ ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ.
މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ސަރަހައްދުތަކަށް މިއަދު ވެސް އޮރެންޖް އެލާޓް ނެރުނެވެ. މިއަދު ހަވީރު 4 ޖަހާއިރުން މިރޭ 8 ޖެހުމުގެ ނިޔަލަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށެވެ.
ފުލުހުން މިއަދު ވަނީ މިހާ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށާއި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އެދިފައެވެ. އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މައްޗަންގޮޅި ޕްލީސް ޗެކް