ތ. ކަނޑޫދޫގައި ފާރެއް ދަށުވެ އަނިޔާވި ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ކަނޑޫދޫގައި 10 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައި މައްޗަށް ފާރެއް ވެއްޓުނީ، އެހެން ކުދިންތަކަކާ އެކު ކުޅެން ނުކުމެ އުޅެނިކޮށެވެ. ފާރުގެ ދަށުން އެ ކުއްޖާ ނަގައިގެން ގެންދިޔައީ ވެސް އޭނާ އާ އެކު ތިބި ކުދިންނެވެ.

އެ ރަށުގެ ހެލްތު ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކުއްޖާ އެއާ އެމްބިއުލާންސްގައި އިތުރު ފަރުވާ އަށް މާލެ ގެންދެވިފައިވާކަން ހާމަކޮށްފައެވެ.

https://www.facebook.com/permalink.php?story_fbid=pfbid0z8geXDAup8TXEHBDjque2R9AgQqxL3N8V6AupxkwMf2uHsSGZSaSBPtRPXUF5Zqdl&id=100069102494252

އައިޖީއެމްއެޗުން ބުނީ، އެ ކުއްޖާގެ ހާލު ސީރިޔަސް ނޫން ކަމަށާއި ފަރުވާ ދެމުން ދަނީ ފައި ބިނދިގެން ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލް ހާމަކުރަން އަދި ނޭނގޭ ކަމަށެވެ.

އެ ކުއްޖާ އަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އީއާރުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.