ޕީއެންސީ ޕްރައިމަރީގައި ވާދަކުރި އައިޖީއެމްއެޗްގެ ކުރީގެ ނަރުސް ނާޒިމާ އަލީ ކުޅުދުށްފުށީ ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮޕިސަރު (ސީއީއޯ) އަށް އައްޔަން ކޮށްފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ނާޒިމާ އާއެކު ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރު ހަރުފަތަކަށް ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ނާޒިމާ ވަނީ އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި 25 އަހަރަށް ވުރެ ގިނަ ފުވަހު ހިދުމަތް ކުރައްވައި އަދި އައިޖީއެމްއެޗްގެ ނާސިން ކޯޑިނޭޓަރުގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ނާޒިމާ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަ ކުރައްވާފައެވެ. ނަމަވެސް އެ ދާއިރާއަށް 4 ކެނޑިޑޭޓުން ވާދަ ކުރިއިރު ނާޒިމާއަށް ލިބިވަޑައިގަތީ 3 ވަނައެވެ.

2014 ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައިވެސް ކުޅުދުއްފުށި ދެކުނު ދާއިރާއަށް ނާޒިމާ ވާދަކުރެއްވި ނަމަވެސް އެ ފަހަރުވެސް ހޮވިވަޑައިގެންފައެއް ނުވެއެވެ.