ގެއްލިގެން ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށީ، ޖިފުޑި، ހަސަން މޫސަ (67އ) ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:00 އެހާކަންހާއިރު ގޭން ނިކުމެގެން ދުވަން ދިޔަ ގޮތަށް މޫސަގެ ހަބަރެއް ނުވެގެން ފުލުހުންނަށް މިއަދު 10:30 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެއާއެކު މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާއިރު، މޫސަ ފެނިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާހާނާތެރޭގައި ވެއްޓިފައި އޮއްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މޫސަ ނިޔާވެފައި ވާކަމަށެވެ.
އަދި މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާ އެއް ފެންނަން ނެތް ކަމަށްވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.