ސަލްމާން މިސްކިތް މަރާމާތު ކުރުމަށް 6 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ސަލްމާން މިސްކިތުގެ އޭސީ ނިޒާމުގެ މައްސަލަ ޖެހިފައި ހުންނަތާ ވަރަށް ދުވަސްވެއްޖެކަން ޝަހީމް ވަނީ އޭނާގެ ވާހަކައިގައި ފާހަގަ ކުރައްވާފައެވެ. އަދި އެކަން ދިމާވެފައި ވަނީ ސިސްޓަމްތައް މެއިންޓެނެންސް ކުރަންޖެހޭ ވަރަށް ނުކުރެވުމުގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަލްމާން މިސްކިތް މަރާމާތު ކުރުމަށް 6 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން މަސައްކަރް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ އޭސީތައް މަރާމާތު ކުރަން ކުރީ ސަރުކާރުން ވެސް މަސައްކަތް ކުރިކަން ފާހަގަ ކުރައްވާ ޝަހީމްގެ ވާ ވިދާޅުވީ ފައިސާ ހަމަޖެހިއްޖެނަމަ ވަރަށް އަވަހަށް މަރާމާތުގެ މަސައްކަތް ނިންމަދެއްވާނެ ކަމަށެވެ. އަދި ސަލްމާން މިސްކިތް ހުޅުވުމަށް ސައުދީއިން އިސްލާމީ ރަނގަޅު ޝަހުސިއްޔަތެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން މި މައްސަލަ ރަނގަޅު ކުރުމަށް މަސައްކަތްކޮށްފައި ވަނީ ތުރުކީގެ ކުންފުންޏަކާއެކު ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަނީ ދިވެހިންނަށް މި މަސައްކަތް ހަވާލުކޮށް މައްސަލަ ހައްލު ކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.
މި މިސްކިތް އިމާރާތް ކުރުމަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ސައުދީން ދިނީ 14.5 މިލިއަން ޑޮލަރު (22.3 މިލިއަން ރުފިޔާ) އެވެ. ބާކީ ފައިސާ ހަރަދު ކުރީ ދިވެހި ސަރުކާރުންނެވެ.
ތިޔައީ އިހަށް ދުވަހު ހެދި މިސްކިތެއް..ހަމިލިޔަން މަރާމާތަށް ބޭނުންވާ ގޮތެއް ބުނެދޭން ޖެހޭނެ..ނުބުނެވޭނަމަ ބެލެވޭނީ ތިޔަ އުޅެނީ ލާރިގަނޑެއް ކާލާށޭ......ވަރަށް ސަލާމް.